ޖުޑީޝަލް ސާވިސް ކޮމިޝަން

ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ސަސްޕެންޑްކޮށްފި

ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑްކުރީ މިދިޔަ ހަފްތާއިން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހާ ހަމައަށެވެ. ފެމެލީ ކޯޓުން އޭނާ ސަސްޕެންޑްކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ.

2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި، އޭނާއާ ދެކޮޅަށް ރެޖިސްޓްރާ އަހްމަދު ހެކިބަސް ދެއްވި މައްސަލައެއް މީގެ ކުރިން ހޫނުވެފައިވާ ކަމަށްވެ އެވެ. އެފަހަރު ޖޭއެސްސީން ހަސަން ސައީދު ސަސްޕެންޑްކުރުމަށް ފަހު އެކަން އުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.