ޚަބަރު

ޔާމީންގެ ސަރުކާރުން 70މިލިޔަނަށް ނިންމާ ފެނާއި ނަރުދަމާ، އަޅުގަނޑުމެން މި ނިންމަނީ 30މިލިޔަނުން: ރައީސް

އިބްރާހިމް ޒަކީ

1

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހަތްދިހަ މިލިޔަން ފުރިޔާ ހޭދަކޮށްގެން އަޅާފައިވާވަރުގެ، ފެނާއި ނަރުދަމާގެ ނިޒާމުތައް، މިއަދުގެ ސަރުކާރުން ނިންމަނީ ހަތާވީސް މިލިޔަން ފުރިޔާ އާއި ތިރީސް މިލިޔަން ރުފިޔާއަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފ. ބިލެތްދޫގައި މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް އެމަނިކުފާނު ވައުދުވެ ވަޑައިގަންނަވަނީ، އެއީ ކުރެވޭނެ ކަންތައްތައްކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުގައި ފެނާއި ނަރުދަމާ އެޅުމަށްޓަކައި ކުރެވިފައިހުރި ބިޑްތަކުގައި ހުރި އަގުތަކަށް ބަލާއިރު، ކަންވބޮޑުވާހާ އަދަދުތަކުގެ ކޮރަޕްޝަން ހިމެނޭކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ހަތްދިހަ މިލިޔަން ރުފިޔާއަށް އެވޯޑް ކޮށްފައިވާ ޕްރޮޖެކްޓްތައް މިހާރުގެ ސަރުކާރުން އިއްލާން ކުރުމުން އޭގެ އަގު ހަތާވީސް މިލިޔަން، އަށާވީސް މިލިޔަނަށް ތިރިވެގެންދާ ކަމަށްވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އަލަށް އެ ބިޑުތައް ހުޅުވައިލީމައި އެއަށް އަންނަ އަގުތަކުން އަޅުގަނޑުމެންނަށް އެކަން ބައެނގޭ. އޭރު ހަތްދިހަ މިލިޔަން ރުފިޔާއަށް އެވޯޑް ކޮށްފައިހުރި ޕްރޮޖެކްޓްތައް މިއަދު އިއުލާން ކުރީމަ އޭގެ އަގު، ތިރިވެގެން ހިނގައްޖެ ހަތާވީސް މިލިޔަން ރުފިޔާ، ތިރީސް މިލިޔަން ރުފިޔާއަށް. އެހެންވީމަ ކުރީގެ ސަރުކާރުން ހަތްދިހަ މިލިޔަން ފުރިޔާ ހޭދަކޮށްގެން އަޅައިފަ އޮތް ފެނާއި ނަރުދަމާގެ ނިޒާމެއް މިއަދު އަޅުގަނޑުމެން މި ނިންމަކީ ހަތާވީސް މިލިޔަން ރުފިޔާ އާއި ތިރީސް މިލިޔަން ރުފިޔާއަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއީވެސް ކުރީގެ ސަރުކާރު ގައި ކޮރަޕްޝަން އޮތްމިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައްކަމަށްވާ ފެނާއި ނަރުދަމާގެ ނިޒާމާއި ބަނދަރު ހެދުމާއި މަގު ހެދުމަކީ ސަރުކާރަށް ލިބޭ އާމްދަނީން ބަރާބަރަށް ކޮށްދެވޭނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރަށަކަށް މި ބޭނުންވާ އަސާސީ ހިދުމަތްތައް، ފެނާއި ނަރުދަމާގެ ނިޒާމާއި ބަނދަރު ހެދުމާއި މަގު ހެދުމާއި މިއީ ރައްޔިތުންނަށް، ސަރުކާރަށް މި ލިބޭ އާމްދަނީން ބަރާބަރަށް ކޮށްދެވޭނެ ކަންތައްތައްކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ މި ވާ ވައުދުތަކަކީ ހަގީގަތަކަށް ވެގެންދާނެ ވަައުދުތަކެއް ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟