ޚަބަރު

ކްރިމިނަލްކޯޓަށް ފަނޑިޔާރުކަމަށް އާއިޝަތު ނުޒުހާ އައްޔަންކޮށްފި

އިބްރާހިމް ޒަކީ

ކްރިމިނަލްކޯޓަށް ފަނޑިޔާރުކަމަށް ޏ.ފުވައްމުލައް، މާލެގަން، ފެނާތުރު، އާއިޝަތު ނުޒުހާ އައްޔަންކޮށްފިއެވެ.

ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ (ވިތް އޮނާސް) އަދި މާސްޓަރ އޮފް ލޯ ހާސިލުކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން ގެންދެވި ނުޒުހާ ވަނީ ގާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ.

މީގެ އިތުރުން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ގއ.ވިލިނގިލި، މުސްތަރީގެ، އައިޝަތު ޝިހާބް ވެސް މިއަދު ވަނީ އައްޔަން ކުރައްވައިފައެވެ.

އައިޝަތު ޝިހާބްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާއެންޑް ލޯ ހާސިލުކުރައްވައިފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރު ކަމުގެ މަގާމްގައެވެ.