ސަރުކާރު ނޫން އެހެން ފަރާތްތަކުގެ ކެމްޕެއިން ހަރުގެ ދޮރުމަތިން މީހަކު ދިޔުން ބޮޑު ކަމަކަށް ހަދައި ބިރު ދައްކަމުންދާ ކަމަށް ޕީއެންސީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ތާއީދާއެކު ކުރިމަތިލާ އަހުމަދު ރަޝީދު(ގައްދޫ ރަޝީދު) ވިދާޅުވެއްޖެ އެވެ.
ގައްދޫ ދާއިރާގެ މިހާރުވެސް މެމްބަރު ރަޝީދު މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި އާންމު ކުރި ޕޯސްޓެއްގައެވެ.
ރަޝީދު ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ކެމްޕެއިންގައި އެމްއެންޑީއެފް އަދި ޕޮލިސްގެ އިސް ރޭންކުގެ ބޭފުޅުން ފާޅުކަން ބޮޑުކޮށް ކެމްޕެއިން ކުރުން މައްސަލައަކަށް ނުވާ ކަމަށެވެ.
"މިކަން މިއީ ވޯޓަށް ނުފޫޒު ފޮނުވުމަކަށް ނުވާނެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އެ މައްސަލަތައް ބަލާނެ މުއައްސަސާތަކީ ކޮބައިކަމާ މެދު ސުވާލުކުރައްވާފައެވެ.