މި ސަރުކާރުން ނ. އަތޮޅުގެ ރަށްތަކަށް ގިނަ މަޝްރޫއުތަކެއް އިއުލާންކޮށްފިއެވެ.
ސަރުކާރުން އެ އަތޮޅުގެ ރަށްތަކަށް ގިނަ މަޝްރޫއުތަކެއް އިއުލާންކުރެވި، ބައެއް މަޝްރޫއުތަކުގެ މަސައްކަތްކުރުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
ކެނދިކުޅުދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް އިއުލާންކުރެވި، މިހާރު ވަނީ އެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްފައެވެ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް އިއުލާންކޮށްފައިވާ އިރު، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 200 ކިލޯވޯޓުގެ ޖެނެރޭޓަރެއް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭގެ އިތުރުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާތްކުރަން ސާވޭ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ހެނބަދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ ބަނދަރު ހެދުމަށާއި ފެނުގެ ނިޒާމު ގާއިމުކުރުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭގެ އިތުރުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ސާވޭކޮށް ނިންމައި، އެ ރަށުގައި ފުޓްސަލް ދަނޑެއް އެޅުމަށް ވަނީ އިއުލާންކޮށްފައެވެ.