ޚަބަރު

ދޮގު ވާހަކަ ދައްކާ މީހުންގެ ރެކޯޑިންގ އާއެކު މައްސަލަ ހުށަހަޅާނަން: ގައްދޫ ރަޝީދު

މަރިޔަމް ޝަހުދާ

ދޮގު ވާހަކަ ދައްކާ މީހުންގެ ރިކޯޑިންގ އާއެކު މައްސަލަ ހުށަހަޅާނެކަމަށް ޕީއެންސީ ގެ ޓިކެޓުގައި ގދ.ގައްދޫ ދާއިރާއަށް ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ތާއީދާއެކު ކުރިމަތިލާ އަހުމަދު ރަޝީދު(ގައްދޫ ރަޝީދު) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި އާންމު ކުރި ޕޯސްޓެއްގަ އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ގައްދޫ ދާއިރާއަށް ކުރިމަތިލައްވާ އެއްވެސް އިތުރު ކެނޑިޑޭޓަކަށް އޭނާ ތާއީދެއް ނުކުރައްވައެވެ. އަދި އެހެން ކިޔައިގެން އޭނާއާ ދެކޮޅަށް ފަތުރާ ހަބަރުތަކަކީ ދޮގެއްކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެންޓި ކެމްޕެއިން ކުރުމުގެ ގޮތުން ދައްކާ ވާހަކަ އަކީ ހަގީގީ ވާހަކަތަކަކަށް ވާން ޖެހޭ ކަަމަށް ރަޝީދު ވިދާޅުވިއެވެ.

ދާއިރާގެ ތާއީދު އޭނާއަށް އޮތް ގޮތުން، އޭނާ އިތުރު އެއްވެސް މީހެއްގެ ފަހަތަށް އަރަން ނުޖެހެނޭނެކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ވާހަކަ ތަކަކީ ދާއިރާގެ ތާއީދު އޮތް ގޮތުން ވާދަވެރި އެހެން ކެނޑިޑޭޓުން ޖެހިލުން ވުމުގެ ސަބަބުން ހިންގާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މިފަދަ ދޮގު ހަބަރުތައް ފަތުރާ މީހުންގެ ރެކޯޑިންގ ހުރިކަމަށާއި އެ ރެކޯޑިންގ ތަކާއެކު މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާގެ މެމްބަރުގެ މަގާމުގައި މިހަރުވެސް ހުންނެވި ބޭފުޅާއެވެ.