ޚަބަރު

ފޯ ސީޒަން ކުޑަ ހުރާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފޯ ސީޒަން ކުޑަ ހުރާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ ކުޑަ ހުރާ ރިސޯޓުގައި ރޯވި އަލިފާން، މިރޭ 10:42ގައި ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ނިއްވާލާފައިވަނީ ފޯ ސީޒަން ކުޑަ ހުރާ ރިސޯޓުގެ ފަޔާ ޓީމުން ކަމަށާއި އެ ހަދިސާގައި ލިބިފައިވާ ގެއްލުންތައް އެމްއެންޑީއެފްގެ ފަޔާ ޓީމުން ބަލަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި ސޮނޭވާފުށި ރިސޯޓުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިގައިފައެވެ.