ހުޅުމާލެއިން އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، އާއިޝަތު އިހުސާނާ (32އ) އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ކަމަށެވެ.
އިހުސާނާގެ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15އިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
ފުލުހުން ވަނީ އިހުސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.