ހިތާނުކުރުމަށް ނަން ނޯޓުކުރަން ފުރުސަތު އައިޖީއެމްއެޗުން ހުޅުވާލައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، ނަން ނޯޓުކުރުން ކުރިއަށްދާނީ އޯޕީޑީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، މިއަހަރުގެ ހިތާނީ މޫސުމުގައި އެ ހޮސްޕިޓަލުން ހިތާނު ކުރުމަށް ހަމަޖައްސާފައިވާ ކުދިންގެ އަދަދަކީ 405 ކަމަށެވެ. އަދި އެ އަދަދު ހަމަވުމުން ނަން ނޯޓުކުރުން ހުއްޓާލާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުގައި ހިތާނުކުރުން ކުރިއަށްގެންދާނީ އަންނަ މަހުގެ 24 އިން ޖުލައި މަހުގެ ނިޔަލަށެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ، އެޕޮއިންޓަންޓް ދޫކުރާނީ ނަން ނޯޓުކުރާ ތަރުތީބުން ކަމަށެވެ.