ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ ތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ މަޖިލިސް ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު 12:30 ގައެވެ.
އެ މަނިކުފާނު މިއަދު މެންދުރު ކުޅުދުއްފުއްޓަށް ވަޑައިގެން ހޮސްޕިޓަލުގެ ހާލަތު ބައްލަވައިލެއްވިއެވެ.
އަދި ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދު ބައްލަވާލެއްވުމުގެ އިތުރުން ކައުންސިލާއި ރަށުގައި ހުރި ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވިއެވެ.
ރައީސް ސޯލިހަށް ކުޅުދުއްފުށިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.