ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން ވަނީ ވައްކަން ކުރި މީހާގެ ވީޑިއޯއެއް ފުލުހުންގެ ވެބްސައިޓުގައި އާންމު ކޮށްފައެވެ. އަދި ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށް ބުނެފައެވެ.
ފުލުހުން ހޯދަމުން އަންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީއެދިފައެވެ.