ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރުންނާއި ޓީޗަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހު އެ ސްކޫލަށް ވަޑައިގެން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނެވެ.
ދިއްދޫ ސްކޫލަށް ރައީސް ވަޑައިންނެވީ މިހާރު އެމަނިކުފާނު ހއ. އާއި ހދ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހު ވަނީ ހދ. ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އިއްޔެ ހުޅުވައިދެއްވާފައެވެ.