އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

އެމްޑަބްލިއުއެސްސީން މާލޭގައި ހިދުމަތް ފޯރުކޮށްދެނީ 60،000 މީހުންނަށް ތައްޔާރުކުރި ނެޓްވޯކަކުން : އެމްޑީ

އަހުމަދު ޖައިޝަން

1

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން މާލޭގައި ހިދުމަތް ފޯރުކޮށްދެމުން އަންނަނީ 60،000 މީހުންނަށް ފަރުމާކޮށްފައިވާ ނެޓްވޯކަކުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް 24 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ 60،000 މީހުންނަށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ނެޓްވޯކުން 200،000 އެއްހާ މީހުންނަށް މިއަދު ހިދުމަތް ދޭން ޖެހިފައިވާ ކަމަށެވެ.

"އެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީގައި 900 އަށްވުރެ ގިނަ މީހުން އެބަ މަސައްކަތްކުރޭ. އެ 900 މުވައްޒަފުންނަށް ވަނީ މިއަދު ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 60،000 މީހުންނަށް އެކުލަވާލި ނެޓްވޯކަކުން ހިދުމަތް ދޭން ޖެހުމުން މުވައްޒަފުންނަށް ވަނީ ވަރަށް ގިނަ ވަގުތު ތަކެއް ހޭދަކުރަން ޖެހިފައި ކަމަށެވެ.

އެހެންނަމަވެސް އެ ހުރިހާ އެންމެންގެވެސް އެންމެ މުހިއްމު ކަމަކަށް ވާން ޖެހޭނީ އާއިލާ ކަމަށާއި އާއިލާއަށް ވަގުތު ނުދެވޭނެ ގޮތަކަށް އެމްޑަބްލިއުއެސްސީގެ މަސައްކަތް ހަމައެއް ނުޖައްސަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟