ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން" އިފްތިތާހުކުރައްވައިފި

އަހުމަދު ޖައިޝަން

2

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިފްތިތާހުކުރައްވައިފި އެވެ.

އަންހެނުންނަށް ކުރިމަތިވާ ބައްޔެއް ކަމަށްވާ އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން އިތުރަށް ހޭލުންތެރިކޮށް ގިނަ މަސައްކަތްކުރުމަށް އުފެއްދި އެ ޖަމިއްޔާ، އެކަމާ އިފްތިތާހުކުރައްވާފައިވަނީ ރޭގައި މާގިރި ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް މައްސަރު ކަންތަކުގައި ނުވަތަ ޕީރިއަޑު ވުމުގައި ދިމާވާ ވަރަށް ވޭންހުރި އާންމު ބައްޔެކެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި އެ ބައްޔަކީ ކޮންމެ 10 އަންހެނުން އެކަކަށް ޖެހޭ ބައްޔެކެވެ. އެ ބައްޔަކީ ނައްތާލެވޭ ބައްޔަކަށް ނުވާއިރު ބޭހާއި އެހެނިހެން ގޮތް ގޮތުން އެ ބައްޔަށް ފަރުވާ ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާގެ މަގުސަދަކީ އެ ބަލި ޖެހުމުން ކަންތައްތައް ކުރަންވީގޮތުގެ މައުލޫމާތު ފޯރުކޮށްދީ، މި ބައްޔާ މެދު ގިނަ ބަޔަކު ހޭލުންތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟