ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައުރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން: ރައީސް

އަހުމަދު ޖައިޝަން

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީން މިރޭ ހއ. ދިއްދޫގައި ބާއްވާ އެޖެންޑާ 19 ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އެންމެ ބޮޑަށް އަރައިގަނެފައިވާ ހައްގުތަކަކީ ރައްޔުތުން އެކަމެއް ފުރިހަމަ ވާން ބޭނުންވާ އެއް ކަންތައް ކަމަށްވާ ބޯހިޔާ ވަހިކަމުގެ ހައްގުތަކަށް ކަމަށެވެ.

"ވަރަށް ނާޖާއިޒު ގޮތެއްގައި އަދި ހައްގު ނޫން އެތައް ބަޔަކަށް ފްލެޓުތައް ވަނީ ބަހާލާފައި. ރައްޔިތުން އާދޭސްކޮށްކޮށް ތިއްބައި އެކަން ކުރެވިގެން ދިޔައީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ގޯތި ދޫކުރި ނަމަވެސް 20 އަހަރު ފާއިތުވެގެން ދާއިރުވެސް ގޯތީގައި ގެއެއް އެޅޭނެގޮތެއް ނެތިފައި ތިބި މީހުންގެ އަދަދު މަދު ނޫން ކަމަށެވެ.

ސަރުކާރުން އެފަދަ ފަރާތްތަކަށްވެސް ގެއެއް އެޅޭނެގޮތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟