ދޮންކޭލަކީ ފައިބަރ ގިނަ ސިއްހަތަށް ފައިދާ ހުރި މޭވާ އެކެވެ. ޑައިޖެޝަންއަށް ފަސޭހަވެ، ޕޮޓޭސިއަމް ގިން މޭވާއެކެވެ. ކެއުމުގެ އިތުރުން އިތުރުން، ދޮންކޭލަކީ ބިއުޓީ ރޫޓިންގައި ވެސް ވަރަށް ބޭނުން ހިފޭ މޭވާއެކެވެ.
ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން މިއީ މޮއިސްޗަރައިޒަރެއްގެ ގޮތުގައި ބޭނުން ކުރަން ވަރަށް ރަނގަޅު މޭވާއެކެވެ. ދޮންކެޔޮވަކެއްގެ އެއްބައި މޭޝްކޮށްލުމަށްފަހު މޫނުގައި ހާކާލައިފައި އިރުކޮޅެއްވަންދެން ބެހެއްޓުމަށްފަހު ފިނި ފެނުން ދޮވެލާށެވެ.
ދޮންކެޔޮވަކުގެ ތޮށިގަނޑަކީ އެންޓިއޮކްސިޑެންޓްސް ގިނަ އެއްޗެއްކަމުން މޫނުން ނަގާ ބިހީގެ މައްސަލަ ހައްލުކުރުމަށް އޭގެ ބޭނުން ހިފެ އެވެ. ދޮންކެޔޮ ތޮށިގަނޑު ބިހީގައި ހާކާލާށެވެ. މިގޮތަށް ތޮށިގަނޑު ބްރައުން ކުލަ އަރަންދެން ބިހިނަގާފަ ހުރި ދިމާގައި ހާކަންވާނެއެވެ. މި ތޮށިގަނޑުގައި ހިމެނޭ ވިޓަމިން ތަކުން ބިހީގެ އިންފްލަމޭޝަން ތިރިވެ ބިހިތައް މައިތިރިކޮށްލައެވެ.
ޕަފީ އައިސް ނުވަތަ ލޯކައިރި ދުޅަވާނަމަ، ދޮންކެޔޮވަކެއް މޭޝްކޮށްލުމަށްފަހު 10-15 މިނިޓްވަންދެން ލޯކައިރީ ހާކާލާށެވެ. އަދި ފިނި ފެނުން ދޮވެލާށެވެ. މީގެން ލޯކައިރީ އުފެދިފައި ހުންނަ އެކްސެސް ފެންތައް ދަމާލާނެއެވެ.
ދޮންކޭލާއި ބްރައުން ޝުގަރ ސްކްރަބް އަކީ ނާޒުކު ހަމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ދޮންކެޔޮވަކެއް މޭޝްކޮށްލުމަށްފަހު ބްރައުން ޝުގަރ އާ މިކްސް ކޮށްލާށެވެ. އަދި އެއްކުރި ސްކްރަބް ގައިގައި ހާކާލާށެވެ. މީގެން މަރުވެފައި ހުންނަ ހަންތައް ނައްތާލާނެއެވެ.
އިސްތަށިގަނޑު ޑްރައި ނަމަ ދޮންކެޔޮވަކެއް މޭޝް ކޮށްލުމަށްފަހު މާމުޔާއި އެއްކޮށްލާފައި އިސްތަށިގަނޑުގައި 15 މިނިޓް ވަންދެންހާކާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ.