ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ 13 ދާއިރާއަކުން ވަޒީފާއަށް ހުޅުވާލައިފައެވެ.
އީސީީން ބުނީ އެ ވަޒީފާތަކަށް މީހުން ހޮވާނީ ވަގުތުން އިންޓަވިއު ކުރުމަށްފަހު ކަމަށާއި އިންޓަވިއު ކުރުން އޮންނާނީ މި ހަފުތާގެ ބަންދު ދެ ދުވަހު ދަރުބާރު ގޭގައި ހެނދުނު 10:00 އަކުން ރޭގަނޑު 10:00 އަށް ކަމަށެވެ.
އިންޓަވިއުއަށް ހާޒިރުވާ ފަރާތްތަކުން އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތައް ގެންނަންވާނެ ކަމަށް އީސީން ބުންޏެވެ.