ޚަބަރު

މިއަހަރުތެރޭގައި ކަސްޓަމަށް ގެނެސްފައިވާ ބަދަލުތަކާބެހޭ މައުލޫމާތު ދީފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ ގޮތުން މިއަހަރުތެރޭގައި ގެނެސްފައިވާ އެކި ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ސެޝަން ތަކެއް ބާއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިިޔަ މި ސެޝަންތަކުގައި ވިޔަފާރަވެރިންނާއި ކަސްޓަމްސް ބްރޯކަރުން ހިމެނޭގޮތަށް 51 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ސެޝަންތަކުގައި ކޮމިޝަނަރ ޖެނެރަލް ރޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވަނީ ވާހަކަ ދައްކަވައިފައެވެ. ނުއުމާން ވަނީ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ކަސްޓަމްސް އާއެކު ވިޔަފާރަވެރިން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އެކުލަވާލުމަކީ މުހިއްމުކަމެއްކަން ފާހަގަ ކުރައްވައިފައެވެ. އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަމާއެކު ހަމަހަމަ ގޮތެއްގައި ކަންކަން ތަންފީޒު ކުރެވޭނެ ވެއްޓެއް ކަށަވަރު ކުރުމުގައި ކަސްޓަމްސްގެ ރޯލުގެ މުހިއްމުކަން ނުއުމާން ވަނީ ފާހަގަކުރައްވައިފައެވެ.

މި ސެޝަންތަކުގައި މިއަހަރުގެ މިހާތަނަށް އަލަށް ތައާރަފް ކޮށްފައިވާ އެކި ހިދުމަތްތަކުގެ އިތުރުން، އަލަށް ތައާރަފްކުރެވޭ އެކި ހިދުމަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.