ޚަބަރު

ރައްޔިތުންގެ މަޖިލީހުގައި ނަޒާހަތްތެރި ބޭފުޅުން ތިބުމަކީ މުހިއްމު ކަމެއް: ނާޒިމް

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގައި ނަޒާހަތްތެރި ބޭފުޅުން ތިބުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަނގެތީ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

ވީޓީވީފެ ކެނޑިޑޭޓް ގަޑި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ އޭނާގެ ނަޒާހަތްތެރިކަމާއި މެދު ޝައްކު ކުރެވޭނެ ފަދަ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށްވުން މުހިއްމުކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މަޖިލީހުގައި ނަޒާހަތްތެރި ބޭފުޅުން ނެތްނަމަ މަޖިލީހުގައި ފާސްކުރެވިގެންދާނެ ބިލް ތަކަކީ އޭގެ ސަބަބުން ރައްޔިތުންނަށް، އޭގެން މަންފާ ނުކުރާނެ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ، މަޖިލީހަށް ކުރިމަތި ލުމުގެ ވިސްނުމަކީ ޖަލުގައި ހުންނެވި ދުވަސްވަރު، ރައްޔިތުންނަށް ހިދުމަތް ކުރެވެނީ ކޮން ދާއިރާއަކުންތޯ ވިސްނާލިއިރު، އެންމެ ރަނގަޅަށް އެކަން ކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް އައި ވިސްނުމެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެ މަނިކުފާނު ދެމިހުންނވާނީ ޖުމްހޫރީ ޕާޓީގައި، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދަޅުވިއެވެ.