ޚަބަރު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި ވަނީ، އެ ގައުމުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ ރަސްމީ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން އެ އިހުތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ގައުމުތަކުން ޒިޔާރާތްކުރެއްވި އިސްވެރިންގެ ޝަރަފުގައި ޗާލްސް (3ވަނަ) އާއި ރާނީ ކެމީލާ، ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ލަންޑަންގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރު ދުވަހު ބޭއްވި ކޮމަންވެލްތް ލީޑާސް އިވެންޓުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.