ޚަބަރު

''ބްރޭކް ދަ ބެރިއާ'' ފެތުމުގެ ހަރަކާތުގައި މެޑަމް ފަޒްނާ ބައިވެރިވެ ވަޑައިގެންފި

މަރިޔަމް ޝަހުދާ

އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ''#ބްރޭކް ދަ ބެރިއާ'' ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެންފި އެވެ.

ޖުމްލަ 100 އަންހެނުންނާއެކު ކުރިއަށްދާ މި ފެތުމަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންގެ ފަރާތުން ރާވާ ހިންގާ ފެތުމުގެ ހަރަކާތެކެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ބައިވެރިން ފެތުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ފުނަދޫ އިން މާލެއަށެވެ. މި މަހު 20 އިން ފެށިގެން މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ވަނީ މި ފެތުމުގައި ބަައިވެރިވާ އެންމެނަށް ޓްރެއިނިންގް ހަރަކާތްތަކެއް ކުރިއަށް ގެންގޮޮސްފައެވެ.

މި ހަރަކާތުގައި ވަނީ މެޑަމް ފަޒްނާގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިންނާއި، ރައްޔިތުން މަޖިލީހުގެ އަމީންއާމް، ޖެންޑަރ މިނިސްޓަރ ޝިދާތާ ވެސް ބައިވެރިވެ ވަޑައިގެންފައެވެ.