ދިވެހި ފުލުހުންގެ މުއައްސަސާގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކުންގެ އަގުވަޒަންކޮށްފި އެވެ.
ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
ހަނދާނީ ފިލާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ކުލަވެސް ވަނީ އެ ރަސްމިއްޔާތުގައި ބައެއް ފުލުހުންނަށް ހަވާލުކޮށްފައެވެ.
ފުލުހުންގެ ހިދުމަތުގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކުންގެ ތެރެއިން ހަނދާނީ ލިޔުން ހަވާލުކޮށްފައިވަނީ :
ޗީފް އިންސްޕެކްޓާ - އަހުމަދު ސައްތާރު އަލީ
އިންސްޕެކްޓަ އޮފް ޕޮލިސް - އަލީ ވަހީދު
ޗީފް ސްޓޭޝަން އިންސްޕެކްޓާ - އަހުމަދު ޝިފާއު
ޗީފް ސްޓޭޝަން އިންސްޕެކްޓާ - އިބްރާހީމް ހުސައިން
ޗީފް ސްޓޭޝަން އިންސްޕެކްޓާ - މުހައްމަދު ނައީމް
ސްޓާފް ސާޖަންޓް - އިލްޔާސް އަބޫބަކުރު
ރައީސްގެ ކުލަ ހަވާލުކުރައްވާފައިވަނީ :
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް - އަހުމަދު އަބްދުއްރަހްމާން
ޗީފް ސުޕްރިންޓެންޑެންޓް - އަބްދުﷲ ޝަރީފް
ޗީފް ސުޕްރިންޓެންޑެންޓް - މުހައްމަދު ރަޝީދު
ޗީފް ސުޕްރިންޓެންޑެންޓް - އަހުމަދު ޝިހާދު