ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ރާއްޖެއިންވެސް އެކި ފަހަރުމަތިން ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.
އެސްޓީއޯ އިން ރޭ ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 62 ލާރި އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ކުރީން 15.97 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން 15.14 ރުފިޔާއަށް ލިބޭނެއެވެ. އަދި 16.32 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް 15.97 ރުފިޔާއަށް ލިބޭނެއެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.