ފާއިތުވި އަހަރުގައި ފުލުހުންގެ އިދާރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރެއްވުމަށް ހަނދާނީ ފިލާ ދެއްވައިފި އެވެ.
ފުލުހުންގެ މުއައްސަސާއަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެފަރާތްތަކަށް އަގުވަޒަންކުރުމުގެ ހަނދާނީ ފިލާ ހަވާލުކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެ ހަނދާނީ ފިލާއަކީ މިދިޔަ އަހަރު އެ މުއައްސަސާއަށް އެކި ގޮތްގޮތުން އެހީތެރިވެ މުއައްސަސާއަށް ތަރައްގީ ގެނައުމަށް އެހީތެރިވެފައިވާ ފަރާތްތަކަށް ދީފައިވާ ހަނދާނީ ފިލާއެކެވެ.
އެގޮތުން އެ ހަނދާނީފިލާ ވަނީ އެކި ކުންފުނިތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ހަވާލުކޮށްފައެވެ. އެއީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން
އެލިއާ އިންވެސްޓްމެންޓް
ވިލާ ފައުންޑޭޝަން
ސިޕްރިއާ
ޔުނިސެފް މޯލްޑިވްސް
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް
އެމްބަސީ އޮފް ޔޫއެސް
އެމްބަސީ އޮފް ޖަޕާން
އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް
ސްޓޭޓް ބެންކް އޮފް އިންޑިއާ