ޚަބަރު

ރަސްފަންނު މޫދުގައި ނަޖިސް ފެތުރޭތީ އެ ސަރަހައްދު ހުސްކުރަނީ

އަހުމަދު ޖައިޝަން

މާލޭ ރަސްފަންނު މޫދު ސަރަހައްދުގައި ނަޖިސް ފެތުރިފައިވާތީ އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ އެ ސަރަހައްދު މޫދުގައި ނަޖިސް ފެތުރިފައިވާތީ އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ކުރަމުން ދަނީ މާލޭ ސިޓީ ކައުންސިލުގެ އެދުމުގެ މަތީން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ސަރަހައްދުގައި ނަޖިސް ފެތުރިފައިވާ ކަމުގެ މައްސަލަ ވަނީ ގިނަ ބަޔަކު ފުލުހަށް ހުށަހަޅައިފައެވެ.

އެ ނަޖިސް ހުންނަނީ މޫދުގެ މަތީގައި ކުލަ ބަދަލުވެފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރަސްފަންނު ސަރަހައްދުގައި މީގެކުރީން ވަނީ ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދު ތަޣައްޔަރު ވެފައެވެ.