ޚަބަރު

އަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރަން ޝަރަފުގެ ހިނގާލުމެއް

އަހުމަދު ޖައިޝަން

ގައުމީ ދިފާއީ ބާރުގެ އަންހެން ސިފައިންގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ އެ ހިނގާލުން މިއަދު ބައްލަވާލައްވައިފައެވެ. އެމަނިކުފާނާއި އަނބިކަނބަލުން އެ ހިނގާލުން ބައްލަވާފައިވަނީ މުލީއާގެ ސަރަހައްދުންނެވެ.

އެ ސަރަހައްދުން ފެށިގެން ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައެވެ. މާލޭ ބޮޑު ތަކުރުފާނު މަގުން ފެށިގެން ޖުމްލަ ފަސް ސަރަހައްދަކަށް ވަނީ ހިނގާލުމުގައި ސިފައިން މަޑުކޮށްފައެވެ.

އެ ހިނގާލުން ނިންމާލާފައިވަނީ ކަޅުތުއްކަލާކޮށީ ހިސާބުންނެވެ.

ޖުމްލަ 65 އަންހެން ސިފައިންނާއެކު އަންހެން ސިފައިންގެ ހިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިފައިވަނީ އެކެއް މާޗު 1989 ވަނަ އަހަރުގައެވެ.