ދިވެހި ފުލުހުންގެ ހިދުމަތަށް 86 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމީ ހަރަކާތް މިރޭ ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މިރޭ ދިދަ ނަގާފައިވަނީ ފުލުހުންގެ މައި ބިލްޑިން ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިން ސަރަހައްދުގައެވެ.
މިރޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އޭގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިދާރާގެ އިސްވެރީންނާއި އޮފިސަރުން އަދި އެހެނިހެން މުވައްޒަފުންވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ދަރުބާރުގޭގައެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔައިފައެވެ.