ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ސައީ ލެގޫން މޯލްޑިވްސްގައި ދަރިވަރުންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.
ސަމާ ހޮލިޑޭ ބްރޭކް ނުވަތަ ހޫނު މޫސުމުގެ ޗުއްޓީގައި ބާއްވާ މި ވޯކްޝޮޕަކީ 5 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ބާއްވާ ވޯކްޝޮޕެކެވެ. މި އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޕްރޮގްރާމަކީ ކްރިއޭޓިވް އަދި އިނޮވޭޓިވް އާޓްސް އެންޑް ކްރާފްޓްސް ޕްރޮޖެކްޓްތަކާއި އިނގިރޭސި ކްލާސްތަކާއި ސިއްހަތަށް ފައިދާ ހުރި ކަސްރަތުތަކާއި ތިމާވެށްޓަށް ހޭލުންތެރިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަތް ދުވަހުގެ ޕްރޮގްރާމެކެވެ.
ސައީ ލެގޫން އިން މައުލޫމާތު ދޭ ގޮތުގައި އާޓްސް އަށް ލޯބިކުރާ ނުވަތަ އެޑްވެންޗަރާއެއް ކަމުގައި ވިޔަސް މި ޕްރޮގްރާމްގައި ހުރިހާ ކުދިންނަށްވެސް ތަފާތު ފިލާވަޅުތަކާއި އާ ކަންކަން ދަސްވެގެންދާނެ ކަމަށެވެ. އެގޮތުން ހުރިހާ އުމުރެއްގެ ކުދިންނަށް ބައިވެރިވެވޭނޭހެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި އަމިއްލައަށް ޓްރޮޕިކަލް އައިލެންޑް ތީމް ކްރާފްޓް ޕްރޮޖެކްޓްތައް ހަދަން ދަސްކުރުމުން ފެށިގެން ސްކެވެންޖާ ހަންޓްސްގައި ބައިވެރިވުމާއި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ކުޅުމުގެ އިތުރުންވެސް އެތައް ކަމެއް ވަނީ ރާވައިފައެވެ.
މި ވޯކްޝޮޕްގައި ކުދިންނަށް، އެކުދިންގެ އުފެއްދުންތެރިކަން ދެނެގަނެ، ހޯދުމާއި ގުދުރަތާއި ވަލު ޖަނަވާރުތަކާ ބެހޭ ގޮތުން ދަސްކުރުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އުނގެނުން ތަޖުރިބާކުރުމާއި މަޖާ އަދި އަމަލީ މަސައްކަތްތަކުގެ ތެރެއިން ދުވަހުން ދުވަހަށް ކަންކަން ވިސްނައި، އަމިއްލަ ތަރައްގީ އާއި ޓީމް ބިލްޑިން ހަރަކާތްތަކުގައި ބައިވެރިވުމުގެ މާހައުލެއްވެސް ލިބިގެންދާނެއެވެ. އަދި ސްނޯކްލިން އާއި ކައިޓިން ފިލާވަޅުތައް ފަދަ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވާ އިރު، ބޮޑެތި މީހުންނަށް ވެސް ކުދިންނާ ގުޅިގެން ބައިވެރިވެވޭނެ ކަމަށް ސައީ ލެގޫން އިން ބުންޏެވެ.
ކޮއިމާލާ އެންޑް މާލިމީގެ ޖޫނިއާ ބީޗް ކްލަބް އެންޑް ކޭމްޕުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށްދާނީ 1 ޖުލައި 2023 އިން ފެށިގެން 15 ސެޕްޓެމްބަރު 2023 ގެ ނިޔަލަށެވެ. ހޫނު މޫސުމުގެ ގެޓްއަވޭތަކަށް ސައީ ލެގޫން މޯލްޑިވްސްގެ ރޭޓްތައް ފަށަނީ 450 ޑޮލަރުން ފެށިގެންނެވެ.
ސައީ ލެގޫން މޯލްޑިވްސްއާ ބެހޭ އިތުރު މައުލޫމާތު www.saiiresorts.com/maldives/lagoon ވެބްސައިޓުން ލިބެން ހުންނާނެއެވެ.