ގްލޯބަލް އެކްސްޕްލޯރާއިންނަށް ހުޅުވާލައިގެން ޓްރޮޕިކަލް ވެލްނެސް އާއި ލައިފްސްޓައިލް ރިޓްރީޓް ތަޖުރިބާ ކޮށްލުމުގެ ފެސްޓިވަލް އެއް ބާއްވަން ނިންމާފައިވާ ކަމަށް ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ބުނެފިއެވެ.
"ރޮކް އެންޑް ސޯލް" ނަަމުގައި މިމަހުގެ 13 އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގެ ހުރިހާ ހަރަކާތެއް ކުރިއަށްދާނީ ހާޑްރޮކް ހޮޓެލް މޯލްޑިވްސް ގައެވެ.
ހާޑްރޮކް އިން މަައުލޫމާތު ދޭ ގޮތުގައި އެއް މަސް ދުވަހަށް ދެމިގެންދާ މި ފެސްޓިވަލް އިން ވެލްނެސް ހޯދަން އުޅޭ ކޮންމެ މީހަކަށް ވެސް "އެކްޝަން ޕެކް" ޝެޑިއުލެއް އެކުލެވިގެންވެއެވެ.
ހެނދުނު ދުވުން، ބީޗް ޔޯގާ، މާޝަލް އާޓްސް، ސެލްފް ޑިފެންސް، ޑާންސް ފިޓްނަސް، އެރިއަލް އާޓްސް، އަކުއާ ޖިމް، ސްޓްރެންތު ސެޝަން، ނިއުޓްރިޝަން، ލައިފްސްޓައިލް ކްލާސް އަދި ސްނޯކްލިން ވެސް ހިމެނޭ ގޮތަށް ކުރިއަށްދާ ސެޝަންތަކާ އެކު ކޮންމެ ބައިވެރިއަކަށް ވެސް އެ ބައިވެރިއެއްގެ ހާއްސަ ބޭނުންތަކަށް ޕާސަނަލައިޒްޑް ޕްރޮގްރާމެއް އުފެއްދިދާނެ ކަމަށް ހާޑްރޮކުން ބުންޏެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުން ދުވާލަކު މަދުވެގެން ދެ ސެޝަންގައި ބައިވެރިވުމަށް ހާޑްރޮކް އިން ބާރުއަޅާ އިރު، ކުޑަކުދިންނަށް ހާއްސަކޮށްގެން މާޝަލް އާޓްސް، ކުޑަކުދިންގެ ޔޯގާ، އެރިއަލް އާޓްސް، ހޮޕްސްކޮޗް، ހުލާ ހޫޕް އަދި ޖަގްލިން ފަދަ މަޖާ ގޭމްތަކުން ފެށިގެން ޑާންސް ކްލާސްތަކާއި ސިއްހަތަށް ފޯކަސް ކުރާ ހަރަކާތްތަކުގެ މަޖާ ކަލެންޑަރެއް ވެސް މި ފެސްޓިވަލްގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުންވެސް ބައިވެރިންނަށް އިތުރު ކުރިއެރުމެއް ދިނުމުގެ ގޮތުން ހާޑް ރޮކް އިން ވަނީ މި ވެލްނެސް ފެސްޓިވަލް އަށް ލީޑިން ދެ ޕްރޮފެޝަނަލުން ކަމަށްވާ ޑެނީ އޯ’ސުލިވާން އާއި ކްރިސްޓީ ވޯކާ އަށް ދައުވަތު ދީފައެވެ. ޑެނީ އަކީ މޮބިލިޓީ އާއި ސްޓްރެންތު ޓްރެއިނިންގެ މާހިރެއް ކަމުން އެތުލީޓުންނަށް މިނިވަންކަމާ އެކު ހަރަކާތްތެރިވެ، އަނިޔާގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށް ހާޑްރޮކް އިން ބުންޏެވެ. އަދި ކްރިސްޓީ އަކީ ނިއުޓްރިޝަނިސްޓެއް އަދި ލައިފްސްޓައިލް ކޮންސަލްޓަންޓެއް ކަމަށާއި އޭނާ އަކީ ދުޅަހެޔޮ ދިރިއުޅުމަކާއި ކެއުމުގެ އާދަތައް އުފެއްދުމަށް އެހީތެރިވެދިނުމުގައި 15 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ.
މި ދެ ޕްރޮފެޝަނަލުންގެ އިތުރުން ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ އޮންސައިޓް ހެލްތު އެންޑް ފިޓްނަސް އެކްސްޕާޓުންވެސް މި ފެސްޓިވަލްގައި ހަރަކާތްތެރިވާނެ ކަމަށް ހާޑްރޮކުން ބުންޏެވެ.
ހާޑްރޮކް އިން މައުލޫމާތު ދޭ ގޮތުގައި މި ވެލްނެސް ފެސްޓިވަލްގެ ތެރޭގައި ބައިވެރިންނަށް ވަނީ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން އެ ރިސޯޓުގެ ރޮކް ސްޕާގެ އާ "އަލޯހާ ޕެކޭޖް" މިހާރު މީހަކަށް 185 ޑޮލަރަށް ލިބޭނެއެވެ. އަދި ކަޕަލްސް ޕެކޭޖު 345 ޑޮލަރަށް ލިބޭ އިރު، ކޮޓަރިތަކުގެ އަގުތަށް ފެށޭނީ ރެއަކަށް 525 ޑޮލަރުން ފެށިގެން ކަމަށްވެސް ހާޑްރޮކުން ބުންޏެވެ.
ހާޑްރޮކް ހޮޓެލް މޯލްޑިވްސްއާ ބެހޭ އިތުރު މައުލޫމާތު www.hardrockhotels.com/maldives ސައިޓަށް ޒިޔާރަތް ކުރުމުން ލިބޭނެއެވެ.