ޚަބަރު

ޒަކާތް ދައްކައިފިންތަ؟ އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ގޭގައި ތިބެގެން ފަސޭހަ ކަމާއެކު ޒަކާތް ދެއްކޭނެ

އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް ގޭގައި ތިއްބަވައިގެން ފަސޭހަކަމާ އެކު ޒަކާތް ދެއްކުމުގެ އިންތިޒާމް ވަނީ ފަހިކޮށްދީފައެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނީ މިރޭގެ 11:59 އާ ހަމައަށެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް:

  • 1. އެމް-ފައިސާއަށް ލޮގިން ކުރައްވާ http://ore.do/zakat
  • 2. ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިހުތިޔާރުކުރައްވާ
  • 3. ފައިސާ ދައްކާ ފަރާތުގެ މައުލޫމާތު ފުރިހަމަ ކުރައްވާ
  • 4. އެމް-ފައިސާ ހިޔާރު ކުރެއްވުމަށްފަހު، ވޮލެޓް ނަންބަރު ޖައްސަވާ
  • 5. ޕޭމަންޓް ކަށަވަރު ކުރުމަށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

ޒަކާތުގެ އިތުރުން، މި ރަމަޟާންމަހު އުރީދޫން މިޝަން ފޮ މައިގްރަންޓް ވޯކާސްއާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދިވެރިކޮށް ރޯދަ ވިއްލުމެއް ސަދަގާތް ކުރެވޭނެ ގޮތްވެސް ވަނީ ފަހިކޮށްދީފައެވެ. ރޯދަވީއްލުން ސަދަގާތް ކުރައްވަން ބޭނުންވާ މީހުންނަށް މާދަމާ ރޭގެ 11:59 އާހަމައަށް ފައިސާ ދެއްކޭނެއެވެ. ހަދިޔާ ކުރާ ރޯދަވީއްލުން ޕެކްގެ އަގަކީ 50 ރުފިޔާއެވެ.

މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ކެންސަރު ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ.

އެމް-ފައިސާގެ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުން، އުރީދޫ ބިލުތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާއާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ. އެމް-ފައިސާގެ ހިދުމަތްތަކާއި އޮފާތައް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭނެއެވެ.

އެމް-ފައިސާއަށް ރެޖިސްޓާކުރުމަށް:

  • 1. އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ http://ore.do/app
  • 2. އެމް-ފައިސާ ހިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  • 3.މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  • 4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
  • 5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  • 6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.