ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ވަރުގަދަކުރުމަށް ޖަޕާނުން ރާއްޖެއަށް 73 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ބުނީ، މޯލްޑިވްސް ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެތަކެތި ހަވާލުކޮށްދެއްވީ ޖަޕާނު އެމްބެސެޑަރު ޓެކިއުޗި މިޑޯރީއެވެ.
މި ތަކެއްޗަކީ ރާއްޖެއާއި ޖަޕާނު ސަރުކާރާ ދެމެދު 2020 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި އެކްސްޗޭންޖު ނޯޓުގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. މިއަދު ހަދިޔާކުރި ތަކެއްޗަކީ 4.68 މިލިއަން ޑޮލަރު (72.6 މިލިއަން ރުފިޔާ)ގެ ތަކެއްޗެވެ.
ޖަޕާނު ސަރުކާރުން ބުނި ގޮތުގައި އެ ތަކެތީގެ ސަބަބުން ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.