ރާއްޖޭގެ ކޮންމެ ރަށެއްގެ ދިޔަވަރު، ވަކިވަކިން ބަލާލެވޭ ގޮތަށް ހަދާފައިވާ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
"މޯލްޑިވްސް ޓައިޑްސް" ނަމުގައި ހަދާފައިވާ މި ވެބްސައިޓަކީ ރާއްޖޭގެ ކޯސްޓަލް އިންޖިނިއަރެއް ކަމަށްވާ ޑރ. ނަޝްވާން މަތީން އާއި މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) ގުޅިގެން އުފައްދާފައިވާ ވެބްސައިޓެކެވެ.
މި ވެބްސައިޓް މެދުވެރިކޮށް ފަސޭހަ ކަމާއެކު ކޮންމެ ރަށެއްގެ ދިޔަވަރު ހުރި މިންވަރު ބަލާލެވެއެވެ. އަދި ކުރިއަށް ހުރި ވަގުތުތަކުގައި ދިޔަވަރު ހުންނާނެ މިންވަރު ލަފާކުރެއެވެ. މީގެ ސަބަބުން ދިޔަވަރު ބޮޑުވެ އުދައަރާނެ ވަގުތުތަށް ދެނެގަންނަންވެސް ފަސޭހަވެގެންދާނެއެވެ.
ޑރ. ނަޝްވާން ވިދާޅުވި ގޮތުގައި މި ވެބްސައިޓުގެ ޒަރީޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިޔަވަރު ހުރި ގޮތް ބެލުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.