އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ގޮވާމުން ފިތުރު ޒަކާތް ދައްކަން ބޭނުންވަ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މިނިސްޓްރީން ބުނީ، މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީނު ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލު ހޯލު)ގައި ކަމަށާއި ގޮވާމުން ޒަކާތް ދައްކަން އަންނަ މީހުން ބޭނުން ކުރާނީ އަމީރު އަހުމަދު މަގުގައިވާ ގޭޓު ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް: