މިއަދަކީ ރޯދަ މަހުގެ 18 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން ހުރި ނަމަވެސް މަހުގެ އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. މާރުކޭޓުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މިދުވަސްވަރު ކަނޑުމަސް ލިބުން ވަނީ މަދުވެފައެވެ.
މާރުކޭޓު ސަރަހައްދުން ދިމާވި މަސްވެރިންނާ ވާހަކަދައްކާލުމުން އެނގުނީ މިދުވަސްވަރު މެދުރާއްޖެތެރޭގައި މަސްވެރިކަން އެހާ ތިޔާގި ނޫންކަމެވެ. އަދި ކުރިއަށްއޮތް ދުވަސްވަރުވެސް ދަށަށް ދިއުން އެކަށީގެންވާ ކަމަށް ބުންޏެވެ.
މަސްވެރިކަން ދަށް ނަމަވެސް މިއަދު މާރުކޭޓުގައި އެންމެ ރަނގަޅު އަދަދަކަށް ކަނޑުމަސް އެބަހުއްޓެވެ. 20ރ ގެ ރޭޓުން ރާގޮނޑިއެއް ލިބެންހުރި ނަމަވެސް ކަނޑުމަސް ކިލޯއެއް މިއަދު އުޅެނީ 30-35 އާ ދެމެދުއެވެ. ގޮދާ ކިލޯއެއް 35ރ އަށް ހުރި އިރު، ކަންނެލި ކިލޯއެއްވެސް ލިބެންހުރީ 30 ރުފިޔާއަށެވެ. މިދިޔަ ހަފުތާގައި މިތަކެތީގެ އަގު އުޅުނީ ކިލޯއެއް 28ރ ގެ ރޭޓުގައެވެ.