ޚަބަރު

ކެމްޕެއިން ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިންނަވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި އެވެ.

ރައީސް ސޯލިހު އައްޑޫ ސިޓިއަށް މިއަދު މެންދުރުފަހު ވަޑައިންނަވާފައިވަނީ އައްޑޫ ސިޓީ ފޭދޫގެ އެމްޑީޕީ ކެމްޕެއިނުގެ މަސައްކަތްފުޅުގެ ދަށުންނެވެ.

އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައިފައެވެ.

ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިންނަވައިފައެވެ. ރައީސް ސޯލިހު އައްޑޫ ސިޓީއަށް މިމަހުގެ އަށެއްގައި ވަޑައިންނަވާފައިވަނީ އައްޑޫ ސިޓީ ދާއިރާގެ އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރެއްވުމަށެވެ.