މިއަދަކީ ރޯދަ މަހުގެ 14ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް ހުރީ ދާދި އެއްވަރެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް އިއްޔެ ލިބެންހުރީ 28 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއް ލިބެންހުރީ 30 ރުފިޔާއަށެވެ. ނަމަވެސް މާރުކޭޓުގައި މިއަދު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 25-30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 30-35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.