މިއަދަކީ މި އަހަރުގެ ރޯދަމަހުގެ 12 ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތަކެއް ލިބެން ހުރިއިރު، އެންމެ ގިނައިން ފެންނަން ހުރީ އެކި ކަހަލަ ފަނިގިރާ ބާވަތްތަކެވެ.
ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 20-25 ރުފިޔާއަށެވެ. ބާޒާރުގައި ފުވައްމުލަކު އަނބު ގިނަ އަދަދަކަށް ހުރި އިރު، އަނބު ކިލޯއެއް އުޅެނީ 80-100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކުރުނބައެއް 20-40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 40-60 ރުފިޔާއަށެވެ. ކިއުކަންބާ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރި އިރު، ކެރެޓް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ.
ކަނޑޫދޫ މިރުހުގެ އަގު މިއަދުވެސް ހުރީ ދަށުގައެވެ. އެގޮތުން ކިލޯއެއް މިއަދު ލިބެން ހުރީ 120-200 ރުފިޔާއާ ދެމެދުގައެވެ. ގިނަ ގޮޅިތަކުން މިރުސް ކިލޯއެއް މިއަދު ވިއްކަނީ 130 ރުފިޔާއަށެވެ.
ފަނިގިރާ ބާވަތްތައް:
- ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 45 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 55 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 90 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 20-40 ރުފިޔާއަށް
- ފެޝަން ފުރުޓް: 85 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 40 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 250-300 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: ހަތަރު ރުފިޔާއަށް
- އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
- މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
- އަނބު: 80-100 ކިލޯއެއް
- އަންނާރު: 90 ރުފިޔާއަށް ކިލޯއެއް.
ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 10-35 ރުފިޔާއަށް
- ގަބުޅިއެއް: 30-35 ރުފިޔާއަށް.
ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
- އަލުވި: 15 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 45 ރުފިޔާއަށް ކިލޯއެއް
- ބަށި: 50-65 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 20-60 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 45 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 40-60 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 40 ރުފިޔާއަށް ކިލޯއެއް
- ބަނބުކޭލެއް: 130 ރުފިޔާއަށް ކިލޯ
- ތޮޅިމިރުސް: 150 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 120-200 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 60 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 40-70 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 30 ރުފިޔާއަށް ކިލޯ
- ކިއުކަންބާ: 30 ރުފިޔާއަށް ކިލޯ.
މަސް މާރުކޭޓުގެ އަގުތައް:
- ކަނޑުމަސް: 28 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 50-80 ރުފިޔާއަށް މަހެއް
- ހަންޖެއް: 75-350 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ފަސް މަސް
- ދޮންމަސް: 20 ރުފިޔާއަށް ފަސް މަސް
- ރިތް މަސް: 20 ރުފިޔާއަށް 40 މަސް
- ރަތް މަސް: 75-350 ރުފިޔާއަށް
- ރެހި ޖޯޑެއް: ދިހަ ރުފިޔާ
- މެދު ސައިޒުގެ ފިލޮޅެއް: 70 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 65 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް