އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީނު މަގު ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހެވެ.
މި މަޝްރޫއުގެ އަގަކީ 32،719،385،70 ރުފިޔާއެވެ. މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.02 ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަގުގައި ތާރުއެޅުމަށް ވަނީ ނިންމައިފައެވެ. އަދި މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށް އެއްބަސްވުމުގައި ވެއެވެ.