މިއަދަކީ ރޯދަ މަހުގެ 11 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް ހުރީ ދާދި އެއްވަރެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް 25-30 ރުފިޔާއަށް ހުރިއިރު ކަންނެލި ކިލޯއެއް އުޅެނީ 30 ރުފިޔާއަށެވެ.
ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު، މިއަދު ގިނަ އަދަދަކަށް ރަތް މަސް ލިބެން އެބަހުއްޓެވެ. އެކި ސައިޒުގެ ރަތްމަސް ލިބެން ހުރިއިރު ކުޑަވަރުގެ ރަތްމަހެއް އުޅެނީ 75 ރުފިޔާއަށެވެ. މެދު ސައިޒުގެ ރަތްމަހެއް 150-200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު ބޮޑު ރަތްމަހެއް އުޅެނީ 250-350 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.