މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ކަނޑުހުޅުދޫ އެއްގަމުތޮށި ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ އެއްބަސްވުމުގައި އެމްޓީސީސއާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

މި މަޝްރޫއުގެ އަގަކީ 35،933،872،10 ރުފިޔާއެވެ. މިމަސައްކަތް 350 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 414 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި 40 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި 100 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއި ނެރު ބައްތި ޖެހުމާއި ބަނދަރު ސަރަހައްދުގައި ބައްތި ޖެހުމާއި އަދި އެއްގަމު ތޮއްޓާއި އިންވެގެން ޕޭމަންޓް ހެދުން ހިމެނެއެވެ.