މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

2

ފުވައްމުލަކު ރިންގްރޯޑު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

މިމަޝްރޫއުގެ އަގަކީ 32،042،893،70 ރުފިޔާއެވެ. މިމަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ ރިންގްރޯޑުގެ 2.7 ކިލޯ މީޓަރުގެ ސަރަހައްދެއް ރަގަޅު ފެންވަރަކަށް ހަދައި، މަަގު ބައްތި ޖެހުމަށް ވަނީ ނިންމައި ފައެވެ.

އަދި ސައިޑްވޯކް ގާއިމް ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟