އަލީ ޔާމިން
މިއަދަކީ ރޯދަމަހުގެ 8 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް އުޅެނީ ދާދި އެއްވަރެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރި އެއް ބާވަތުގެ ފަރުމަހަކީ ހަންޏެވެ. އެގޮތުން ކުޑަވަރެއްގެ ހަންޖެއް 75 ރުފިޔާއަށް ލިބެން ހުރިއިރު، މެދު ސައިޒުގެ ހަންޖެއް 150 ރުފިޔާއަށް އަދި ބޮޑު ހަންޖެއް ލިބެން ހުރީ 450 ރުފިޔާއަށެވެ.