ޚަބަރު

ހަޔަރ އެޑިއުކޭޝަންގެ 100 ދުވަހުގެ ވައުދުތައް ފުއްދައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ކަނޑައަޅާފައިވާ ވައުދުތައް ފުއްދައިފި އެވެ.

މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އެ މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ވައުދުތައް މިހާރު ފުއްދާފައިވާ ކަމަށެވެ.

ސަރުކާރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ ހަތް ވައުދެކެވެ.

އެއީ ފުރަތަމަ ޑިގްރީގެ ހިދުމަތް ހިލޭ ފޯރުކޮށްދޭން ފެށުމާއި، އިންޓްރެސްޓް ރޭޓް ކުޑަ ލޯން ސްކީމެއް ތައާރަފު ކުރުމާއި ހައި އެޗީވާސް ސްކޮލަޝިޕް ސްކީމް މުރާޖާކުރުމެވެ.

މީގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހިންގުން ހަރުދަނާކޮށް، މަތީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ޑްރާފްޓެއް މަޖިލީހަށް ހުށަހެޅުމާއި، ޖީސީއީ އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުން ބޭނުން ޔުނިވާސިޓީއަކުން ކިޔެވުމުގެ ހުއްދަ ހަމަޖެއްސުން މާއި، ޓްރެއިނިން ނީޑް އެނަލަސިސްއެއް އުފެއްދުމުގެ އިތުރުން ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގަން ފެށުންވެސް އެމިނިސްޓްރީއަށް ކަނޑައަޅާފައިވާ ވައުދު ތަކުގެ ތެރޭގައި ހިމެނެއެވެ.