ޚަބަރު

އެމްޑީޕީ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ އަށް

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަނެއްކާވެސް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ދާދި ދެންމެއަކު ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅަކީ އައްޑޫ ސިޓީ ފޭދޫގެ އެމްޑީޕީ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމްޑީޕީގެ ފަރާތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވަނީ ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދެވެ.

ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިންނަވާފައެވެ. ރައީސް ސޯލިހު އައްޑޫ ސިޓީއަށް މިމަހުގެ އަށެއްގައި ވަޑައިންނަވާފައިވަނީ އައްޑޫ ސިޓީ ދާއިރާގެ އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރެއްވުމަށެވެ.