ޚަބަރު

މަޖިލީހުގެ އިންތިހާބުގައި 36 އިންޓަރނޭޝަނަލް އޮބްޒާވަރުން ހަރަކާތްތެރިވާނެ: އަކުރަމް

މަރިޔަމް ޝަހުދާ

އަންނަ އޭޕްރީލް މަހު 6 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 36 އިންޓަނޭޝަނަލް އޮބްޒާވަރުން ހަރަކާތްތެރި ވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

އަކުރަމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް އޮބްޒާވަރުންގެ ތެރޭގައި 4 ގައުމަކުންނާއި، 9 ޖަމިއްޔާއެއްގެ އިތުރުން ބައިނަތްއަގްވާމީ 4 މީޑިއާއެއްގެ ބޭފުޅުން ހިނެމެނެއެވެ. މިގޮތުން ކޮމަންވެލްތް އަދި އީޔޫ ފަދަ ޖަމިއްޔާ ތަކުން މިފަހަރުގެ އިންތިހާބު އޮބްޒާވް ކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ކުރިއަށް ދިޔަ ރިޔާސީ އިންތުހާބު އޮބްޒާވް ކުރުމަށް ބޭރުގެ 14 މީޑިއާއަކަށް އިލެކްޝަނުން ވަނީ ހުއްދަ ދީފައެވެ.