މިއަދަކީ ރޯދަ މަހުގެ ފަސް ވަނަ ދުވަހުއެވެ. މާލޭ މަސް މާރުކޭޓުގައި މިއަދުވެސް އެކި ބާވަތްތަކުގެ މަސް ލިބެން އެބަހުއްޓެވެ.
މަސް މާރުކޭޓުގައި މިއަދު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ. ތާޒާ ކަންނެލި ކިލޯއެއް 35 ރުފިޔާއަށް ލިބެން ހުރި އިރު، މާނިޔަ މަހެއް އުޅެނީ 75 ރުފިޔާއަށެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ފާހަގަކޮށްލެވެނީ އައްޓަކަށް އަރުވާފައި އޮތް ތިން ފިޔަލައެވެ. އަގަކީ އެއްޗެއް 350 ރުފިޔާއެވެ.
ފަތިކޮށް ދުއްރައެއްހެން ހުންނަ ފިޔަލައަކީ އާންމުކޮށް ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން މާކަނޑުގައި އުޅޭ މަހެކެވެ. ކުދި ހުޅުނބު ގިނަ މި މަހަކީ މަސް މީރު މަހެވެ.