ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއްހިނގައި ކުޑަ ކުއްޖަކާ، މީހަކަށް އަނިޔާ ވެއްޖެ

މަރިޔަމް ޝަހުދާ

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށާއި އިތުރު މީހަކަށް އަނިޔާ ވެއްޖެ އެވެ.

ކާރަކާއި ސައިލަކެއް ޖެހި މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ އަސުރުމާ ހިނގުމާއި ޗަނބޭލީމަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިންނެވެ.

މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ ސައިކަލު ދުއްވަން އިން 49 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:30ގައެވެ.

މިކަމާ ގުޅޭ ގޮތުން އާސަންދައިން މައުލޫމާތުދެމުން ބުނި ގޮތުގައި އެކްސިޑެންޓުގައި ޒަހަމްވި 49 އަހަރުގެ ފިރިހެން މީހާގެ އަނގަމައްޗަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ރަނގަޅަށް ސާފު ނުވާކަމަށް އާސަންދައިން ބުންޏެވެ.

މި ދެ މީހުންނަށްވެސް ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.