ޚަބަރު

ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅެނިކޮށް ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޖައިޝަން

ލ. މާމެންދޫއިން ޝިމާ ނާފިޒްގެ ކޮއްކޮ ޑިންގީއަކަށް ލައިގެން ގެންދަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ލ. ގަން މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ 15 ދުވަހަށް އިތުރުކޮށްފައި ކަމަށެވެ.

ފުލުހުން ބުނީ މިމަހުގެ 10ގައި ލ. މާމެންދޫއިން 17 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ޑިންގީއެއްގައި ދިޔަ މައްސަލައެއްގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިމަހުގެ 11ގައި ކަމަށެވެ.

އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، ބަންދުގެ މުއްދަތަށް ޖެހި 15 ދުވަސް ހަމަވާތީ ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ އެކުއްޖާ ގެންދަން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.