ޚަބަރު

މެލޭޝިއާގެ ސަފީރުކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އަހުމަދު ޖައިޝަން

ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަމަށް ބޭފުޅަކު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު އައްޔަނުކުރައްވައިފި އެވެ.

ސަފީރު ކަމަށް މިއަދު ހަމަޖައްސާފައިވަނީ ހ. އާޒާދެވާދީ، ވިސާމް އަލީ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ކަމުގެ ފަތްކޮޅު ވިސާމް އަށް ވަނީ ދެއްވާފައެވެ.

މެލޭޝިއާގެ ސަފީރުކަމަށް ވިސާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރުގައި ވަނީ ރުހުން ދެއްވައިފައެވެ.

ގިނަ ދުވަސްތަކެއް ވަންދެއް މެލޭޝިއާގައި ދިރިއުޅުއްވާފައިވާ ވިސާމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ކުރީން ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.