ޚަބަރު

ޕޮލިސް ވެހިކަލެއްގައި ޖެހުނު ސައިކަލެއް މަޑުނުކޮށް ދަނިކޮށް ބަހެއްގައި ޖެހި، އެކްސިޑެންޓެއް

މުހައްމަދު އިޝާން

ޕޮލިސް ވެހިކަލެއްގައި ޖެހުނު ސައިކަލެއް މަޑުނުކޮށް ދަނިކޮށް ބަހެއްގައި ވެސް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 18:31 ހާއިރު 18 އަހަރުން ދަށުގެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ކާރެއްގައި ޖެހިފައިވާ ކަމަށެވެ.

ފުލުހުންގެ ކާރުގައި ޖެހުމުން މަޑުކުރަން އެންގުމުން، މަޑުނުކޮށް ސައިކަލް ދުއްވާފައި ދަނިކޮށް ސިނަމާލެ ބުރިޖު މަތިން އެމްޓީސީސީ ބަހުގައި އަދި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވަފައި ނުވާ ކަމަށާއި ނަމަވެސް އެކްސިޑެންޓުގެ ސަބަބުން ބަހަށާއި ފުލުހުންގެ ކާރަށް އަދި ސައިކަލަށް ގެއްލުންވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.